ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ޝައްވާލު މަހުގެ 6 ރޯދައިގެތެރޭގައި ޚާއްޞަ ދަރުސްތަކެއް ބާއްވަން ހަމަޖައްސައިފިއެވެ.

”މުއުމިނުންގެ މައިން“ގެ ނަމުގައި ބާއްވާ މި ދަރުސްތައް ކުރިއަށްގެންދާނީ މި ޝައްވާލު މަހުގެ 2 އިން 7 ވަނަ ދުވަހާއި ހަމައަށް ސިލްސިލާ ދަރުސްތަކެއްގެ ގޮތުގައި ކަމަށް ސަލަފުން ބުނެއެވެ.

މި ދަރުސްތަކުގައި މިފަހަރު އަލި އަޅުވާލަނީ ރަސޫލާ- ޞައްލަﷲޢަލައިހި ވަސައްލަމަ- ގެ އަނބި އަނބިކަނބަލުންގެ ޙަޔާތްފުޅުގެ މައްޗަށެވެ. މި ދަރުސްތައްވެސް ކުރިއަށްދާނީ ސަލަފްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އޮންލައިންކޮށްނެވެ.

މިފަހަރު މި ސިލްސިލާގައި ދަރުސް ދެއްވަނީ ޝައިޚް އަޙްމަދު ސަމީރުކަމަށްވެސް އެ ޖަމިއްޔާ އިން ބުނެއެވެ.

ދަރުސްތައް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ހަރޯދައިގެ ކޮންމެ ދުވަހެއްގެ ހަވީރު 5:00 ގައެވެ.

މިދަރުސްތަކުގައި ނަބީކަލޭގެފާނުގެ މަތިވެރި އަނބިއަނބިކަނބަލުންނާއިބެހޭ މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އެ ޖަމިއްޔާާ އިންބުނެއެވެ.