އިތުރު 24 މީހުން ޕޮޒިޓިވްވެ، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1،395 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މިއަދުގެ ހަވީރު 4:30 އާއި ހަމައަށް އަލަށް ޕޮޒިޓިވްވެފައިވަނީ 4 ދިވެހިންނާއި، ބަނގްލަދޭޝްގެ 18 މީހުންނާއި، އިންޑިއާ 2 މީހުން ކަމަށެވެ.

ރޭ 11:30 އާ ހަމައަށް އިތުރު 58 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އަލަށް ޕޮޒިޓިވްވިކަން ރޭ ހާމަކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، ބަނގްލަދޭޝް 13 މީހުންނާއި، އިންޑިއާ 14 މީހުންނާއި، ނޭޕާލް 6 މީހުންނެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،395 އަށް އެރިއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 144 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިއީ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 10.50 އިންސައްތައެވެ.

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް މީހަކު ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. އަދި ޕޮޒިޓިވް މީހަކު މާލެ ސިޓީން ފެނިފައިވަނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް 4 މީހަކު ދުނިޔެ ދޫކޮށްފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނީ 12 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.