ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 19 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން މިއަދު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، މިއަދު މެންދުރު 14:45 އައި ހަމައަށް އަލަށް 19 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި، ބަނގްލަދޭޝްގެ 13 މީހުންނާއި، އިންޑިއާ މީހަކާއި، ނޭޕާލް މީހެއް ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 1،457 އަށް ވަނީ އަރާފައެވެ.

އިއްޔެވެސް ރާއްޖެއިން ކޮވިޑް-19 އަށް 43 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 31 މީހުންނާއި، 9 ދިވެހިންނާއި، އިންޑިއާ 3 މީހުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1،457 އަށް އަރައިގެން ދިޔައިރު، މިބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 232 އަށް އަރާފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އިއްޔެ އެކަނިވެސް 46 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށެވެ.