ރާއްޖެއިން އިތުރު 56 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މިރޭ 22:00 އާ ހަމައަށް އަލަށް ޕޮޒިޓިވްވެފައިވަނީ 18 ދިވެހިންނާއި، ބަނގްލަދޭޝްގެ 35 މީހުންނާއި، އިންޑިއާ 3 މީހުން ކަމަށެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1،513 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1،513 އަށް އަރައިގެން ދިޔައިރު، މި ބަލިން މިހާތަނަށް ފަސޭހަވި މީހުންގެ އަދަދުވަނީ 242 އަށް އަރާފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިއްޔެ އެކަނިވެސް 10 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.