34 މީހުން އަލަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،547 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، މިރޭ 9:00 އާ ހަމައަށް އަލަށް ޕޮޒިޓިވްވެފައިވަނީ 12 ދިވެހިންނާއި، ބަނގްލަދޭޝްގެ 21 މީހުންނާއި، އިންޑިއާ މީހެއް ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1،547 އަށް އަރައިގެން ދިޔައިރު، މި ބަލިން މިހާތަނަށް ފަސޭހަވި މީހުންގެ އަދަދުވަނީ 242 އަށް އަރާފައެވެ.

މި ބަލިން ބަޔަކު ފަސޭހަވިކަން އެޗްޕީއޭއިން އެންމެފަހުން ހާމަކޮށްފައިވަނީ އިއްޔެ ރޭގައެވެ.