އަނެއްކާވެސް އިތުރު 44 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، މިރޭ މެންދަމު 3:30 އާ ހަމައަށް އިތުރު 44 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި، ބަނގްލަދޭޝްގެ 29 މީހުންނާއި، އިންޑިއާ 2 މީހުންނެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 1،591 އަށް އަރާފައެވެ.

ހުކުރު ދުވަހުވެސް، ރޭގަނޑު 9:00 އާ ހަމައަށް އިތުރު 34 މީހަކު އަލަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، 12 ދިވެހިންނާއި، ބަނގްލަދޭޝްގެ 21 މީހުންނާއި، އިންޑިއާ މީހެކެވެ.