އަނެއްކާވެސް އިތުރު 42 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، މިއަދު މެންދުރު 3:00 އާ ހަމައަށް އިތުރު 42 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 28 މީހުންނާއި، އިންޑިއާ 13 މީހުންނާއި، ދިވެއްސެކެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 1،633 އަށް އަރާފައެވެ.

ހުކުރު ދުވަހުގެ ރޭ 9:00 އިން ފެށިގެން ރޭ މެންދަމު 3:30 އާ ހަމައަށްވެސް އިތުރު 44 މީހުން އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި، ބަނގްލަދޭޝްގެ 29 މީހުންނާއި، އިންޑިއާ 2 މީހުންނެވެ.