ފުލުހުން ބާރުގެ ބޭނުން ކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ހާލަތާއި ބައްދަލުވާ ގޮތަކަށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިފަަދައިން ވިދާޅުވެފައި މިވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގައި "ޓޭޒަރ ގަން" ބޭނުންކުރަން ފެށުމާއި ގުޅިގެން ފާޑިކިޔުންތަކެއް އަމާޒުވެފައިވާ ވަގުތެއްގައެވެ.

ޕޮލިސް ކޮމިޝަނަރ ކުރެއްވި ޓްވީޓުގައިވަނީ ފުލުހުން ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި އެކަމަށް އެއްވެސް އިތުރު އުޒުރެއް ނުދެއްކޭނެ ކަމަށާއި އަދި އެކަމަށް ޖަވާބުދާރީވެސް ވެވޭނެ ފަދަ ގޮތަށް ކަމަށެވެ.

ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނު ތަންފީޒު ކުރުމަށް ކަމަށާއި، އަމަން އަމާންކަން ނެގެހެއްޓުމުގެ ގޮތުން."
ފޮލިސް ކޮމިޝަނަރ

ޓޭޒަރ ގަން ބޭނުންކުރަން ފެށުމާއި ގުޅިގެން ސިޕީ މީގެކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފުލުހުންގެ އޮޕަރޭޝަންތައް ހިންގާއިރު ފުލުހުންގެ ރައްކާތެރިކަމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ.

މިއީ ހަމަނުޖެހުންތަކާއި މާރާމާރިފަދަ ކަންކަން ހުއްޓުވުމުގައި ޙަރަކާތްތެރިވާ ފުލުސް އޮފިސަރުންނާއި އާންމުންގެ ރައްކާތެރިކަމަށް ބޭރުގެ ޤައުމުތަކުގައިވެސް ބޭނުންކޮށް މިފަދަ ކަންކަން ކޮންޓްރޯލްކުރުމުގައި އެކަށޭނަ ނަތީޖާ ލިބޭ އާލާތެއްކަން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފާހަގަކުރައްވާފައެވެ.

"ޓޭޒަރ ގަން" ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޓްރައިލް ނިންމުމަށްފަހު އެކަމަށް ދޭންޖެހޭ ތަމްރީން އޮފިސަރުންނަށް ދިނުމަށް ފަހުގައި ކަމަށް ސީޕީ ހަމީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.