ކޮވިޑް-19 ބަލީގައި އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، މިއަދު މެންދުރުފަހު 14:30 ގައި މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ބަނގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

މަރުވިމީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްކޮށްގެން ފަރުވާ ދެމުންގެންދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއީ، ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވި 6 ވަނަ މީހާއެވެ. އަދި މިއީ، މި ބަލީގައި ރާއްޖޭގައި މަރުވި ބަނގްލަދޭޝްގެ ދެވަނަ މީހާއެވެ.