ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލިހާ އަވަހަކަށް އާސަންދައިގެ ދަށުން ބަލަިމީހުން ފަރުވާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވުމަށް ހުއްޓުމެއް އައިސްފައިވުމާ ގުޅިގެން އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި އެކުންފުނިން ބުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުން ފޮނުވުމަށް ހުއްޓުމެއް އައިސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާތީ ކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ބޭރު ގައުމުތަކަށް ފޮނުވަން ހަމަޖެހިފައިވާ މީހުން ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވެފައިވަނީ އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ފޮނުވާ ދެގައުމު ކަމުގައިވާ އިންޑިއާ އަދި ސްރީލަންކާގެ ބޯޑަރުތައް ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާތީ ކަމަށެވެ.

އިންޑިއާ އަދި ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލައި، ބަލިމީހުން ގެންދިޔުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރުތައް ފަށާ އާސަންދައިގެ ދަށުން ބަލިމީހުން ގެންދިޔުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.