ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ ތަކަށް އިތުރު އެލަވަންސް އަދި މޮބައިލް ޕޯސްޓްޕެއިޑް އާއި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

މިއީ “ނިއު ނޯމަލް” ނުވަތަ އައު އާންމު ހާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގު ކަސްޓަމަރުންނަށް އެކަކު އަނެކަކާ މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ގުޅައިދީ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ތަނަވަސްކޮށްދިން އިނާޔަތެއް ކަމަށް ދިރާގުން ބުނެއެވެ.

ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ ތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 33 އިންސައްތަ އެލަވަންސެވެ. އެއީ މިއަދުން ފެށިގެން ޖުލައި 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓަރ އަކަށެވެ.

މޯބައިލް ޕޯސްޓްޕެއިޑަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވަނީ 30 އިންސައްތައެވެ. އެއީ ޖޫން 16 އިން ޖުލައި 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ހުރިހާ ބޫސްޓަރ އަކަށް ޑިސްކައުންޓް ދޭ ގޮތަށެވެ.

މީގެ އިތުރަށް މަމެން ކަސްޓަމަރުންނަށް 20 އިންސައްތަ އެލަވަންސް ދިނުމަށް ނިންމާފައިވަނީ ޖޫން 20 ގެ ނިޔަލަށް އެކްޓިވޭޓް ކުރި ހުރިހާ ޑޭޓާ ބަންޑަލްތަކަށް ލިބޭގޮތަށެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.