ކޯޝެއާޑް ކިޗެން ފެސިލިޓީއަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ކޯޝެއާޑް ކިޗެން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބިދޭގޮތަށް، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ތަންތަނެވެ. މިތަންތަން ހުންނަންޖެހޭނީ ވަކި ސްޓޭންޑަޑަކަށް ފެތޭގޮތަށް ފަރުމާކުރެވިފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ބުނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް، ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނާއި ގޭގަ ތިބެގެން ކާބޯތަކެތި އުފައްދާ އަންހެންވެރިންނަށް އަމާޒުކޮށްގެން ކޯޝެއާޑް ކިޗެން ފެސިލިޓީއެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ.

ހުޅުމާލޭގައި ހަދާ މިތަނަކީ ޔޫ.އެން.ޑީ.ޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެންޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީޒް (ސީޑްސް) ޕްރޮޖްކްޓްގެ މާލީ އެހީގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމުގެ މަތިން ގާއިމްކުރާ ތަނެއްކަަމަށްވެސް ބީސީސީންބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް މިކަމަށް ރަޖިސްޓަރވުމަށް ބީސީސީން ވަނީ ހުޅުވާލާފައެވެ.

ފޯމް ލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 6 އެވެ.