ގޭތެރެ ޒިނަތްތެރިކުރުމާއި، މަރަމާތުކުރުމަށް ބޭނުންވާ ސާމާނު ލިބެން ހުންނަ ސިނަފް އިންޓީރިއާގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ސިނަފްގެ އައު ޝޯރޫމް ހުޅުވާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސިނަފްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ނަފްހާ ނާޒިމް ވިދާޅުވީ ސިނަފްގެ ހުޅުމާލޭ ޝޯރޫމުންވެސް މާލޭގައި ހުންނަ ޝޯރޫމުން ލިބެން ހުންނަ އިންޓީރިއާ ޑިޒައިނަށް ބޭނުންވާ އިންޓީރިއާ ފިނިޝިން ޕްރޮޑަކްޓްތައް ލިބެންހުންނާނެ ކަމަށެވެ.

ސިނަފްގެ މާލޭ ޝޯރޫމެކޭ އެއްގޮތަށް ހުޅުމާލޭ ޝޯރޫމުންވެސް ވުޑް ފްލޯރިން، ވިނާލް ފްލޯރިން އަދި ވޯލްޕޭޕާގެ ތަފާތު ޑިޒައިންތައް ހުޅުމާލޭ ޝޯރޫމުންވެސް ލިބިގެންދާނެ ކަމަށް ނަފްހާ ވަނީ ވިދާޅުވެފައެވެ. ނަފްހާ ވިދާޅުވީ ސިނަފްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވުމާއެކު، ހުޅުމާލެއިން ސިނަފްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މި ތަކެތި ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސިނަފް އިންޓީރިއާގައި އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ގެންގުޅެނީ އިންޓީރިއާ ފިނިޝިން ޕްރޮޑަކްޓްސް. އޭގެތެރޭގައި ވުޑް ފްލޯރިން، ވިނާލް ފްލޯރިން އަދި ވޯލްޕޭޕާގެ ގިނަ ތަފާތު ޑިޒައިންތައް މި ޝޯރޫމުން ލިބިގެންދާނެ. ހުޅުމާލެއަށް އަޅުގަނޑުމެން މިހާރު އެކްސްޕޭންޑް ކުރުމާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އަދި އޮފީސްތަކާއި، ހަދަމުންދާ އިމާރާތްތަކަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތައް ފަސޭހަކަމާއެކު ލިބުމަށް މަގުފަހިވާނެ.
ނަފްހާ ނާޒިމް

ސިނަފްއަކީ އިންޓީރިއާ ޑިޒައިނާ ގުޅުންހުރި ސާމާނު ވަރަށް ފުޅާ ދާއިރާއެއްގައި ވިއްކަމުން ގެންދާ ކުންފުންޏެކެވެ. އެގޮތުން އޮފީސްތައް ޑިޒައިން ކުރުމަށް ބޭނުންވާ ސާމާނާއި، ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ އެތައް އެއްޗެއް ސިނަފްގެ ޝޯރޫމުން ލިބެން ހުރެއެވެ.