• އެކްޓިވް ކޭސަސްގެ ގޮތުގައި މިވަގުތުތިބީ 417 މީހުން

ކޮވިޑް-19 އަށް އިތުރު 22 މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 22 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 4 ދިވެހިންނާއި، ބަނގްލަދޭޝްގެ 14 މީހުންނާއި، ސްރީލަންކާގެ 4 ރައްޔިތުންނެވެ.

އަލަށް ޕޮޒިޓިވްވި 22 މީހުންނާއެކު، މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑްކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 2،305 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން ފަސޭހަވެފައިވަނީ 12 މީހުން ކަމަށެވެ.

މިއާއެކު، މި ބަލިން ރާއްޖެއިން މިހާތަނަށް ފަސޭހަވި ކަމަށް ކަނޑައެޅި މީހުންގެ ޖުމްލަ އަދަދުވަނީ 1،875 އަށް އަރާފައެވެ. މިއީ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 81.34 އިންސައްތައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 417 މީހުން ކަމަށެވެ.

އައިސޮލޭޝަންގައި މިވަގުތު 310 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 220 މީހުންނެވެ.