މާދަމާ އިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި، ނަމާދުކުރުމުގެ ހުއްދަ ދީފައިވާކަން ރައީސް ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެއްވާފައިވާކަމަށެވެ.

ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދެއްވާފައިވާއިރު މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު ދެމުންދާ ލުއިތަކުގެ ދަށުން ޖަމާއަތް ހެދުމަކާނުލައި، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރަން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ހުއްދަ ދީފަ އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.

މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާއިރު، އައު އާންމު ހާލަތާއިއެކު ގިނަ ތަންތަން ހުޅުވިގެން ދާނެކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. މިގޮތުން މާދަމާއިން ފެށިގެން އޮފީސްތަކާއި ހޮޓާ ރެސްޓޯރެންޓް ފަދަ ވިޔަފާރިތައްވެސް ހުޅުވިގެން ދާނެކަން ސަރުކާރުން ވަނީ ހާމާކޮށްފައެވެ.