ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެޕް މެދުވެރިކޮށް ބިލް ދައްކައިގެން 10 ކަސްޓަމަރަކަށް 1000 ރުފިޔާ ލިބުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޖުލައި މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކަވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުންކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ދައްކަވާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

އޭގެ ކުރީ މަހުގެ ބިލްތައް ދެއްކެވިނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ޕްރޮމޯޝަންގެ ގުރު ނެގުންއޮންނާނީ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.

ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާލެވި، ބިލަށް އަރާވަރު އަމިއްލަ އަށް ހިސާބު ކޮށްލެވޭނެ އެވެ. އަދި އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގޮރައިޒްކުރެވި، ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރިވެސް ގޮތްވެސް މި އެޕުން ބަލާލެވެއެވެ.

ސްޓެލްކޯއެޕް، އެޕް ސްޓޯރާއި, ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެނެއެވެ.