ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 21 މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް 21 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 3 ދިވެހިންނާއި، ބަނގްލަދޭޝްގެ 17 މީހުންނާއި، ސްރީލަންކާ ރައްޔިތެކެވެ.

އަލަށް ޕޮޒިޓިވްވި 21 މީހުންނާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 2،382 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން ފަސޭހަވެފައިވަނީ 10 މީހުން ކަމަށެވެ.

މިއަދަދާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ، އަދި ބައްޔަށް ޝިފާލިބި ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 1،954 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައިތިބީ 414 މީހުން ކަމަށެވެ.

އައިސޮލޭޝަންގައި މިވަގުތު 284 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 134 މީހުންނެވެ.