އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ޖުލައި 1 ވަނަ ދުވަހުގެ ރޭ 9:45 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިކަން ހިނގާފައިވަނީ ރ.އަލިފުށީގައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ ވަގުތުން އަލިފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އޭނަގެ ހާލަތު މިހާރު ރަގަޅު ވަމުން އަންނަ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ފުލުހުން ބަލަމުންދާއިރު، މިދުވަސްވަރު ވަނީ އަނިޔާގެ ތަފާތު މައްސަލަތަކުގެ އަޑުތައް ގަދަވެފައެވެ.