ދިރާގުން ދާދި ފަހުން ތައާރަފުކުރި "ދިރާގު ޕްލޭ" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ސޮނީގެ ހުރިހާ ޗެނަލްތައް ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

މި މޮބައިލް އެޕްލިކޭޝަނަކީ ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައިވެސް ބަލާލެވޭނެ ގޮތަށް ހަދާފައިވާ މޮބައިލް އެޕްލިކޭޝަނެކެވެ.

ދިރާގުން ބުނީ ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް ކަމަށެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުންކުރެވޭ މި އެޕްގެ މުޅިން އައު ޕެކޭޖް ކަމަށްވާ "ޕްލޭ މޯ" ޕެކޭޖް އިންޓްރޯޑަކްޓަރީ އޮފަރގެ ދަށުން އެންމެ 30 ރުފިޔާއަށް ސަބްސްކްރައިބް ކޮށްލެވޭނެ ކަމަށެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު 34 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.

ދިރާގު ޕްލޭ އަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕަކީ އެންމެ ފަހުގެ ސްޓްރީމިންގ ޚިދުމަތްތަކުގައި އެކުލެވޭ ޒަމާނީ ފީޗަރ ތައް ހިމަނައިގެން ފަރުމާކޮށްފައިވާ އެޕެކެވެ. އެގޮތުން، މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑްކޮށް، އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާވެސް ލެވޭނެއެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުންދާއިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރ އިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ. ޑައުންލޯޑްކޮށްލުމަށް https://bit.ly/31LwuFZ

ދިރާގުން ބުނީ އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަނދިކުރުމަށް ކަމަށެވެ. އެގޮތުން ޚަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.