މިއަދުން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަންފަށައިފިއެވެ.

މިއަދު ހުކުުރު ކުރަން ފަށާފައިވާއިރު، ޢާއްމު ޙާލަތުގައި ހުކުރު ނަމާދު ކުރާއިރު ޚުތުބާ ދޭވަރަށްވުރެ މިއަދުގެ ހުކުރު ޚުުތުބާ ވަނީ ކުރުކޮށްފައެވެ.

މާލެ ސަރަހައްދުގައި ހުކުރު ނަމާދު ޖަމާޢަތުގައި ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދިންކަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާއިރު ހުއްދަ ދީފައިވަނީ ޚާއްސަ ކަންތައްތަކަކާއިވެސް އެކީގައެވެ.

މިގޮތުން މިޙާލަތުގައި ކުރެވޭ ހުކުރުނަމާދުގެ ޚުތުބާ ކުރުވާނެކަމަށާއި، ކޮންމެ މީހަކުވެސް ހުކުރަށްދާއިރު މާސްކް އެޅުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށް ވަނީ ޢިރުޝާދު ދީފައެވެ.

މާލޭ ސަހަރަޙައްދުގައި ކޮވިޑް-19 ފެތުރިގެން ދިއުމާއެކު، ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ހުއްދަ ދީފައިވިއަސް ހުކުރު ނަމާދު ކުރުމުގެ ހުއްދައެއް ދީފައެއް ނުވެއެވެ.

މި ގޮތަށް ނިންމާފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.