ރާއްޖޭގައި ދިރިިއުޅެމުންދިޔަ ބަންގްލަދޭޝްއަށް ނިސްބަތްވާ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މޯލްޑިވިއަން އިން މިކަމަށް ހާއްސަކޮށް ބޭއްވި މި ފްލައިޓުން ދަތުރުކޮށްފައިވަނީ ހަމައެކަނި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމުން މި ފްލައިޓް ދަތުރުކޮށްފައިވަނީ ޑާކާއަށެވެ.

މި މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވަނީ ބަންގްލަދޭޝް ސަރުކާރާއި، ދިވެހި ސަރުކާރާ ގުޅިގެން އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ރާއްޖެގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ފަށާފަައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ 2000 އަށްވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލަފައެވެ. މި މީހުންގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.