• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 29 ދިވެހިން

ރާއްޖެއިން އިތުރު 30 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އަލަށް 30 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި، ބަނގްލަދޭޝްގެ ރައްޔިތެކެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 2،831 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 ބަލިން ފަސޭހަވެފައިވަނީ 19 މީހުން ކަމަށެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެ، ބައްޔަށް ޝިފާލިބި، ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 2،321 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެގޮތުގައި ތިބީ 482 މީހުން ކަމަށެވެ. މީގެ ތެރެއިން 40 މީހަކަށް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

އައިސޮލޭޝަންގައި މިވަގުތު 423 މީހުން ތިބިއިރު، ކަރަންޓީނުގައި ތިބީ 32 މީހުންނެވެ.