އިންސާނުންގެ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދު ވަނީ އިޖުތިމާޢީ ބޮޑެތި މުސީބާތްތަކާއި ކުރިމަތިވެފައިކަމަށާއި މިކަމުގެ ސަބަބުން އެތައް އިންސާނުންނެއް އަނިޔާލިބި އަބާއްޖަވެރިވެފައިވާކަމަށް މިއަދު ޚުތުބާގައި ބުނެފިއެވެ.

އިންސާނީ ވަގުފާރި- ޒަމާނީ އަޅުވެތިކަން، މި މައުޟޫޢުއަށް މިއަދު ދިން ޚުތުބާގައި ރަގަޅު މުސާރައެއް ދޭނެކަމަށްބުނެ ހައްލައިގެން އެތައް ލައްކަ ބަޔަކު އަމިއްލަ ވަތަން ދޫކޮށް އެހެން ގައުމުތަކަށް ފޮނުވަނީ ކެހިވެރި އޮޅުވާލުމެއްގެ ތެރޭގައިކަމަށާއި މި ބިރުވެރި ނަމާން ދަތުރުގެ ތެރޭގައި އެތައް ހާސް ބަޔަކު މާސިންގާ ކަނޑަށް ޣަރަޤުވެގެން މަރުވާކަމަށް ވަނީ ބުނެފައެވެ.

މީގެ ތެރެއިން ގިނަ ބަޔަކު ވަގުފާރިވެރިންގެ މަކަރުވެރި ދަލުގައި ޖެހި ޝިކާރައަކަށްވެފައިވާއިރު ގޭގައި މަސައްކަތްކުރުމަށް ކަމަށްބުނެ ގައުމުތަކަށް ގެންދާ އަންހެނުން ލައްވާ ހަށިވިއްކުމާއި ޖިންސީ ފަތުރުވެރިކަމުގެ މަަސައްކަތްކުރުވާކަމަށްވެސް މިއަދުގެ ހުތުބާގައިވަނީ ބުނެފައެވެ.

މިއަދުގެ ހުުތުބާގައި ވަނީ ރާއްޖެއަށް ގެންނަ ބިދޭސީންލައްވާ މަަސައްކަތްކުރުވާއިރު އެމީހުންގެ އިންސާނީ ހައްޤުތަކުގެ މަތިން ހަނދާންކުރަންޖެހޭކަމަށާއި ރިވެތިގޮތުގައި އެމީހުންނާއި މުޢާމަލާތުކޮށް އެމީހުންނަށް މުސާރަ ދިނުމަކީ އެމީހުން ގެނައި ބައެއްގެ ޒިންމާއެއްކަމަށްވެސް ބުނެފައެވެ.

އަދި އަސާސީ ހައްޤުތައް އަދާކުރުމަކީ ދީނީ އަދި ދުނިޔަވީ ވާޖިބަކަށްވާއިރު މިކަންކަމާއި ގުޅޭ ގޮތުން ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ވަޒީފާ ދޭފަރާތްތަކަށް ލާޒިމްވެގެންވާ ކަމެއްކަމަށް ބުނެފައިވެއެވެ.

ހަމަ އެއާއިއެކު ހައްޤުތައް ނުލިބޭ މީހުންވެސް ހައްޤުތައް ހޯދުމުގައި މަސައްކަތްކުރަންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ބުނެފައިވެއެވެ.

އަދި ހަމަނުޖެހުން ހިންގައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ވަގުފާރީގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ފެތުރޭ ފާހިޝް އަމަލުތަަކަކީ މުޖުތަމަޢު ވީރާނާކޮށް ހަލާކުކޮށްލަފާނެފަދަ ކަމެއް ކަމަށެވެ.

އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެން ގޮސްފައިވަނީ ފާހިޝް އަމަލުތަކުގެ ސަބަބުން. އުންމަތްތައް ހަލާކުވެ ފަނާވެގެން ގޮސްފައިވަނީ އެބައި މީހުން ބަދުއަޚްލާޤީ އަމަލުތަކުގެ ތެރެއަށްވެއްޓި އެ ބައިމީހުންގެ ލަގަން ޝަހުވަތްތަކަށް ދޫކޮށްލުމުން.
ހުތުބާ

މިއަދުގެ ޚުތުބާ ނިންމާލާފައިވަނީ މި ދުވަސްވަރަކީ މުޅި ދުނިޔެއަށް ވަރަށް ބޮޑު ސިއްޚީ ނުރައްކަލަކާ ކުރިމަތިވެފައިވާ ދުވަސްވަރަކަށްވާތީ އެތައްބަޔަކު އަތްމަތި ދަތިވެ، ބިކަ ހާލުގައި ޖެހިފައިވ ދުވަސްވަރެއްކަމަށްވާތީ މުއައްޒަފުންގެ ހައްޤުތަކަށް ރައްކާތެރިވެ އުޖޫރަ ދިނުމާއި އިނާޔަތްތައް ދިނުމުގައި އިންސާފުވެރިވެ ދީލަތި ވުމަށް އިލްތިމާސްކޮށްފައެވެ.