ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ގައުމަށްޓަކައި ކޮށްދެއްވި އިސްލާހީ މަސައްކަތްތައް މިއަދު ގިނަ ބަޔަކު ބަލައިގަންނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައި މިވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ޖަލަށްލިތާ މިއަދަށް ތިންއަހަރު ފުރުމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.

ޓްވީޓުގައި ބުނެފައިވަނީ، މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މެމްބަރެއްގެ ހައިސިއްޔަތުން ފާރިސް މައުމޫން ކުރައްވަމުން ގެންދެވި އިސްލާހީ މަސައްކަތް ހުއްޓުވުމަށް އޭރު އޮތް ޚުދުމުހުތާރު ސަރުކާރުން ގާނޫނުގެ ބޭރުން ފާރިސް ހައްޔަރުކޮށް ޖަލަށްލީތާ ތިންއަހަރު ފުރޭ ދުވަސް ކަމަށެވެ.

އަދި ފާރިސް ކޮށްދެއްވި މަސައްކަތްތައް މިއަދު ގިނަ ބަޔަކު ބަލއިގަންނަ ކަމަށާއި ފާރިސް މަޖިލީސް ތެރެއިން ފެއްޓެވި އިސްލާހީ މަސައްކަތުގެ ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވެ އެތަށް ގުރުބާނީއެއްވިކަން އެމްއެމްއާރުއިން ފާހަގަކުރާ ކަމަށްވެސް އެޕާޓީން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

އަދި އެއީ ގިނަ ބައެއް އެކުގައި ކުރަން ފެށި މަސައްކަތްކަތެއް. އަޅުގަނޑުމެން އެކުގައި ކުރި މަސައްކަތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ކާމިޔާބުވި ކަމަށްޓަކައި ޝުކުރުކުރަން."
އެމްއެމްއާރު

ނަމަވެސް އެދުވަހު އިސްލާހުކުރަން ނިކުތް ގިނަ ކަންކަން އަދިވެސް އިސްލާހު ނުކުރެވޭކަން ފާހަގަކޮށް އެ ޕާޓީން ކުރި ޓްވީޓުގައި ވަނީ އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށް ބުނެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފާރިސް މައުމޫން ޖަލަށްލީ ޝަޚްސު އޮޅުވާލުމުގެ ދައުވާ އޭނާގެ މައްޗަށް ކުރުމުންނެވެ.

އެގޮތުން ޕީޕީއެމްގެ ހުއްދަނެތި އެ ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކޮށްގެން، އެޕާޓީގެ ނަމުގައި ނިއުސް ކޮންފަރެންސެއް ދީފައިވާކަމަށް ބުނެއެވެ.