ސްޓެއިންލަސް ސްޓީލްގެ އުފެއްދުންތަކާއި ހާޑްވެއަރ އުފެއްދުންތަކަށް ހާއްސަ ޖާޔާ އެސްއެސްގެ ފަސްވަނަ ޝޯރޫމް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި ހުޅުމާޅޭގައި ބޭއްވި ރަސްމިއްޔާތުގައި ޝޯރޫމް ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.

މި ރަސްމިއްޔާތުގައި ޖާޔާ ކުންފުނީގެ އިސްވެރިންނާއި ސްޓާފުން ބައިވެރިވިއެވެ.

ހުޅުމާލޭގެ ސައިމާ ހިނގުމުގައި ޖާޔާ ގްރޫޕްގެ ފަސްވަނަ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުޅި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ ދަނޑިވަޅުގައި ކުންފުނީގައި މަސައްކަތްކުރި ހީވާގި މުވައްޒަފުންގެ އަގުވަޒަންކޮށްފައި ވެއެވެ. އަދި މިދުވަސްތަކުގައި ކުންފުނީގެ އޯނަރ އިބްރާހިމް މާޖިދު ކޮށްދެއްވި މަސައްކަތް ފާހަގަކޮށް ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވީނިއުސްއާއި ވާހަކަ ދައްކަވަމުން ޖާޔާ އެސްއެސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ފަޔާޒް (ފަޔާ) ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްތަނަކުން ގިނަ ހާޑްވެއަރ ސާމާނު މިފިހާރައިން ލިބިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ މާލެއަށް ދަތުރުނުކޮށް ހުޅުމާލެއިން ފަސޭހައިން ސާމާނު ލިބެން ހުރުން ކަމަށްވެސް ފާހަގަކުރިއެވެ.

ކަސްޓަމަރެއް ރިކުއެސްޓުކުރުމުން އެ މުދަލެއް ހުރިތަނަކަށް ގެންގޮސްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ފަޔާ ވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ މިފިހާރަ ހުޅުވީ ވަރަށް ގިނަ ގޮންޖެހުންތަކެއް ކަޑައްތުކުރުމަށް ފަހު ކަމަށާއި މުޅި މާލެ ލޮކްޑައުންގައި އޮތް ދުވަސްވަރު ފިހާރަ ހުޅުވުމަށް ފަސޭހަވީ ސްޓާފުންނާއި ވެރިންގެ ހިތްވަރުން ކަމަށެވެ.

ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މާލޭގެ ފިހާރަތަކެކޭ އެއްގޮތަށް ހުޅުމާލޭގައި ހުޅުވި ފިހާރައިންވެސް ހާޑްވެއާ ސާމާނާއި ސްޓެއިންލަސް ސްޓީލްގެ އުފެއްދުންތައް ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް އެފިހާރައިން މައުލޫމާތު ދެއެވެ.

މީގެއިތުރުން އެފިހާރައިން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން އެފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ.