ލ. މާވަށް ބަނދަރު ހެދުމުގެ މަސައްކަތުގެ 37 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތް ނިމިފައިވާނެ ކަމަށެވެ. އަދި ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފަށާފައިވާކަމަށް އެމްޓިސީސީން ވަނި ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓިސީސީން ބުނެއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރުއެކެވެ. މިއީ މުޅިއެކު 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 07 އޭޕްރިލް 2020 ގައެވެ.