ދިވެހިރާއްޖޭގެ މިނިވަންކަމުގެ ހަގީގީ ސިއްރަކީ ކާބަފައިން ގެންގުޅުއްވި ހިކުމަތުގެ އަމަލީކަމަށް ދިފައީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަންމަތީގައި ދެމިއޮތް ގައުމެއް ކަމަށާއި، މިނިވަންކަން ދެމިއޮތުމުގެ ސިއްރަކީ ކާބަފައިން ގެންގުޅުއްވި ހިކުމަތުގެ އަމަލީ ކަމަށެވެ.

އެމީހުން އަމަލުކޮށްފައި ވަނީ ވަރަށްވެސް ވިސްނުންތެރިކަމާއި އެކީގައި. އަޅުގަނޑުމެން މި މިނިވަންކަން މިގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ ބޮޑު ވާޖިބެއް."
މިނިސްޓަރ މާރިޔާ

އަދި މިވާޖިބު އަދާ ކުރުމުގައި އެންމެ އިސްދައުރެއް ކުޅޭ އެއް ބަޔަކީ ދިވެހި ސިފައިން ކަމަށާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަދި ވަމުންދާ ގުރުބާނީ މިއަދު އެކަމަކާ ފާހަގަކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސިފައިން މިގޮތުގައި ދެމިތިބޭނެ ކަމުގެ ޔަގީން މިނިސްޓަރ މާރިޔާ ވަނީ ރައްޔިތުންނަށް ދީފައެވެ.