އޭޝިއަން ޗެސް ފެޑެރޭޝަން (އޭސީއެފް) އިން އިންތިޒާމްކޮށް، ވުމަން ޗެސް (ޑަބްލިއު.އޯ.އެމް) އަދި ފިޑޭ ޑިވެލޮޕްމަންޓް ފަންޑް ސަޕޯޓް އާއި ގުޅިގެން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ އޮންލައިން ޗެސް ކޭމްޕުން ދިވެހި ކުޅުންތެރިއަކަށް ފުރުސަތު ލިބިއްޖެއެެވެ.

މުބާރާޓުގެ 20 އަހަރުންދަށުގެ ބައިގައި ވާދަކުރުމަށް ހޮވުނު ކުޅުންތެރިއަކީ ރާއްޖޭގެ ގައުމީ އަންހެން ޓީމްގެ ދެވަނަ ހޯދާފައިވާ މަރިޔަމް ލައިސާ އަބްދުލްރަޝީދު އެެވެ. ލައިސާ އަކީ ތާޖުއްދީން ސްކޫލް ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ. މި

ކޭމްޕް ރޭވިފައިވަނީ 1 އޮގަސްޓް 2020 އިން 20 އޮގަސްޓް 2020 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި ފުރުސަތު ލިބިފައިވަނީ އޭޝިއާގެ ގައުމުތަކުން، ކޮންމެ ގައުމަކުން 20 އަހަރުން ދަށުގެ 1 ކުޅުންތެރިއަކަށެވެ. ޒޫމް މެދުވެރިކޮށް ބާއްވާ މި ކޭމްޕްގައި ޓްރެއިނަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ފުންނާބުއުސް ޓްރެއިނަރުންނެވެ.

ޓްރެއިނަރުންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންގެ ތެރޭގައި ދުނިޔޭގެ ވޯލްޑް ޗެމްޕިއަން ގްރޭންޑް މާސްޓަރ އާނަންދު ވިޝްވަނާތަން (އާނަންދު)، ގްރޭންޑް މާސްޓަރ ޖުޑިތް ޕޮލްގަރ، އަދި ގްރޭންޑް މާސްޓަރ ޖޭކޮބް އާގާރޑް ފަދަ ބޭފުޅުން ހިމެނެއެވެ. މީގެއިތުރުން 31 ޖުލައި 2020 އިން 2 އޯގަސްޓް 2020 އަށް ދިވެހިރާއްޖޭގެ ނެޝިނަލް ޓީމް ދަނީ އޮންލައިން ޗެސް އޮލިމްޕިއާރޑްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. އަދި މި މުބާރާތުގައި ދިވެހިރާއްޖޭގެ ނެޝިނަލް ޗެސް ޓީމް ވަނީ މިހާރުވެސް ކެޓެގަރީ 4 އަށް ކޮލިފައިވެ ކުރިއެރުންތަކެއް ހޯދާފައެވެ.