• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 44 ދިވެހިން

ރާއްޖެއިން ކޮވިޑް-19 އަށް އިއްޔެ އަލަށް ޕޮޒިޓިވްވީ 61 މީހުންނެވެ.

މިއީ، މުޅިންވެސް ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ރޭ ކުރި ޓްވީޓްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 ގެ ނިޔަލަށް އޭގެކުރީ 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވީ 61 މީހުން ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަނގްލަދޭޝް 15 މީހުންނާއި، އިންޑިއާ 2 މީހުންނެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކަމަށް ރެކޯޑުކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 3،567 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، އިއްޔެ ބަލިން ފަސޭހަވެފައިވަނީ 7 މީހުން ކަމަށެވެ.

މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ، މިހާތަނަށް ޝިފާލިބި ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 2،554 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި 983 މީހުން އެބަތިބި ކަމަށެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 657 މީހުންނެވެ.