ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ މިއަދުގެ މެންދުރުފަހު 1:38 ގައި ކަމަށްވެސް ބުނެފައި ވެއެވެ.

އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވަނީ، އެމީހާ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައީ ނޭވާލާން އުނދަގޫވާތީ ކަމަށެވެ.

މިއީ، ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި 16 ވަނަ މީހާއެވެ.