އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފުވެގެން އަނެއްކާވެސް އިިތުރު 50 ތަން ބަންދުކޮށްފިއެވެ.

ލޮކްޑައުންއަށް ލުއިދިނުމަށްފަހު ކެފޭ ރެސްޓޯރެންޓު އަދި ފިހާރަތަކާއި ޖިމްފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ދިން އިރު މިތަންތަނުގެ ކަންކަން ވަކި އުސޫލެއްގެ ދަށުން ހިންގުމަށް އެޗްޕީއޭއިން ވަނީ ގައިޑްލައިންއެއް އެކުލަވާލާފައެވެ.

އެ ގައިޑްލައިންއާއި އެއްގޮތަށް އަމަލުކުރަމުންދާ ތަންތަން ބެލުމަށް މީގެކުރިންވެސް އެޗްޕީއޭއިން ވަނީ އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައެވެ.

މިކަމުގެ ދެވަނަ އިންސްޕެކްޝަނެއް މިމަހުގެ 29 ވަނަ ދުވަހު ފަށައިގެން ކުރިއަށްދާއިރު އިއްޔެގެ އިންސްޕެކްޝަންގެ ތެރެއިން 99 ތަނެއް ބަލާފައިވާކަމަށާއި، ގައިޑްލައިންއާއި ހިލާފަށް އަމަލުކުރާ 50 ތަނެއް ބަންދުކޮށްފައިވާކަަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މި ތަންތަނުގެ ތެރޭގައި ހިމެނެނީ 4 ސެލޫނަކާައި، 24 ފިހާރައެއްގެ އިތުރުން 22 ރެސްޓޯރެންޓެއް ކަމަށެވެ.

މިމަހުގެ 29 ވަނަ ދުވަހު ހެދި އިންސްޕެކްޝަންއިން 27 ތަނެއް ގައިޑްލައިންއާއި ހިލާފުވެެގެން ވަނީ ބަންދުކޮށްފައެވެ. މިއާއެކު ދެވަނަ ފަހަރަށް އިންސްޕެކްޝަންގެ މަސައްކަތް ފެށިފަހުން މިހާތަނަށް 77 ތަނެއް ވަނީ ބަންދުކުރެވިފައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އާ ގުޅިގެން އައު އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި އާންމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރި ކަމާއެކު ޚިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ހިދުމަތްދޭ ތަންތަނުން ހިދުމަތްދިނުމުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން ހިދުމަށް ދިނުމަށް އެއެޖެންސީން އިލްތިމާސްކުރެއެވެ.