ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީގައި ހާއްސަ އެހީއަށް ބޭނުންވަ 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ފުލުހުން ވަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 30 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިފަހަކަށް އައިސް ރޭޕްގެ އެކިއެކި މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ.