ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ގއ. އަދި ގދ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެވަގުތުން ފެށިގެން ފުލުހުން ވަނީ މިމައްސަލައިގެ ތަހުގީގު ފަށާފައެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް 46 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވިފައިވާ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް ޖިންސީ ފުރައްސާރައިގެ އެކި މައްސަލަތައް ފެންމަތިވަމުންދާއިރު، މިމައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފަހަގަކުރެވޭ އެއް މައްސަލައަކީ ދެއަހަރު ނުފުރޭ ކުޑަ ކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީގޯނާ ކުރި މައްސަލައެވެ.