އަޟްހާ އީދުގެ މުނާސަބަތުގައި އުރީދޫގެ ސެންޑް މަނީ ފީޗަރް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފަރއެއް އުރިދޫ މޯލްޑިވްސްއިން ތައާރަފު ކޮށްފިއެވެ.

އުރީދޫއިން ބުނީ މި އޮފަރގެ ދަށުން އެމް-ފައިސާ "ސެންޑް މަނީ" ފީޗަރ ބޭނުންކޮށްގެން 3 އޯގަސްޓްގެކުރިން ތަފާތު 5 އެމް-ފައިސާ ވޮލެޓަށް 50ރ އަށްވުރެ މަދުނޫން އަދަދެއްގެ ފައިސާ ޓްރާންސްފަރކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް 3000ރ ލިބޭނެ ކަމަށެވެ.

އުރީދޫއިން ބުނީ މިހާއްސަ ޕްރޮމޯޝަން 30 ޖުލައިއިން ފެށިގެން 3 އޯގަސްޓްގެ ރޭގަނޑު 11:30 ހަމައަށް ކުރިއަށް ދާއިރު، ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު 5 އޯގަސްޓް 2020 ވަނަ ދުވަހު އިއުލާނު ކުރެވޭނެ ކަމަށެވެ.

އުރީދޫއިން ބުނީ އެމް-ފައިސާ "ސެންޑް މަނީ" ފީޗަރއިން އެއް ވޮލެޓުން އަނެއް ވޮލެޓައް އިތުރު ޗާރޖަކާނުލާ ލާރި ޓްރާންސްފަރ ކޮށްލެވޭނެ ކަމަށެވެ.

ޢީދު ދުވަހުގެ ތަހުނިޔާ އާއިއެކު ދުރުގައިތިބި އާއިލާގެ މެމްބަރުންނަށް އަދި ރައްޓެހިންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައިވެސް ފޮނުވާލެވިދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެންބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތިއަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.