• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 134 ދިވެހިން
  • އެކްޓިވް ކޭސަސްގެ އަދަދު 1،305 އަށް، ހޮސްޕިޓަލްގައި 72 މީހުން

ރާއްޖެއިން އިތުރު 156 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް އަލަށް 156 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މީގެ ތެރެއިން 154 މީހުންނަކީ ގްރޭޓަރ މާލެ ސަރަހައްދުން ފޮޒިޓިވްވެފައިވާ މީހުންނެވެ. އަދި 2 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 134 ދިވެހިންނާއި، ބަނގްލަދޭޝްގެ 20 މީހުންނާއި، އިންޑިއާ މީހަކާއި، ސްރީލަންކާ މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 3،949 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 6 މީހުން ކަމަށެވެ.

މިވަގުތު އެކްޓިވް ކޭސަސްގެގޮތުގައި 1،305 މީހުން ތިބިއިރު އޭގެ ތެރެއިން 72 މީހަކަށް ގެންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 815 މީހުން ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.