އާއްމު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެ ހޯދަމުންގެންދާ ހިދުމަތްތައް މެދުކަނޑާލަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީއާއި، ޕޮޒިޓިވްވާ ގިނަ މީހުންނަކީ އޮފީސް މާހައުލުން ޕޮޒިޓިވްވާ މިހުން ކަމަށް ދިރާސާތަކުން ދައްކަތީ އެ ކޮމިޝަނަށް ހާޒިރުވެ ހޯދަންޖެހޭ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އަދި ކޮމިޝަނުން ވަކިގޮތެއް އަންގަންދެން އެ ކޮމިޝަނުން ދެމުންދާ އާއްމު ހިދުމަތްތައް މާދަމާއިން ފެށިގެން އެކޮމިޝަންގެ އީމެއިލް އަދި އީ-ގަވަރމެންޓް [email protected] މެދުވެރިކޮށް ހޯދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މާދަމާއިން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ގަޑިއަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި، މާދަމާއިން ފެށިގެން އެ ކޮމިޝަންގެ ހިދުމަތްތައް ދެމުންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށްކަން ހާމަކޮށްފައި ވެއެވެ.

މިދުވަސްތަކުގެ ތެރޭގައި ކޮމިޝަނުން ދެމުންދާ ހިދުމަތްތައް ލަސްވާނަމަ އެކޮމިޝަންގެ ސެކެޓްރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ، 9867422 އަށް މެސެޖަކުން އެކަން އެންގުމަށާއި، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ރައްޔިތުން އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން އެދިފައިވެއެވެ.