ވ. ރަކީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްޖައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ.

އަދި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 429 ސްކުއެއަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާއަށް ޙަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށާއި މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 1 އޮކްޓޯބަރ 2019 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ.