މާލޭގެ ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގެ ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.

އެހެންނަމަވެސް މި މައްސަލާއައި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފާމަސީއަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ފާމަސީގައި މަސައްކަތްކުރާ އިންޑިއާ މީހެކެވެ. އެހެންނަމަވެސް ފުލުހުން މިކަން ކަށަވަަރުކޮށްދީފައެއް ނުވެއެވެ.