ބިދޭސީ 28 ނަރުހަކަށް މުސާރަ ނުލިބޭތާ ދެމަސް ވެފައިވާތީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެޗްޕީޔޫއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ބިދޭސީ 28 ނަރުހަކަށް، ޖޫން އަދި ޖުލައިމަހުގެ އަސާސީ މުސާރަ ހަމަޖެހިފައި ނުވާކަމީ، އެ ޔޫނިއަން އިން ކަންބޮޑުވާކަމެއް ކަމަށެވެ.

އެެހެންކަމުން ވީއެންމެ އަވަސް ފުރުސަތެއްގައި އެމީހުންގެ މުސާރަ ހަމަޖެއްސުމަށް އެމްއެޗްޕީޔޫ އިން ގޮވާލާފައިވާއިރު، އެ ޓްވީޓުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗުން ވެސް ޓެގްކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި މުސާރަ ނުލިބި ތިބި ނަރުހުން މަސައްކަތް ކުރަމުން އަންނަނީ އައިޖީއެމްއެޗުން މެނޭޖްކުރާ ފެސިލިޓީއެއްގަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން ރަސްމީ ބަހެއް އަދި އާންމު ކޮށްފައެއް ނުވެއެވެ.