މާލެ ހިޔާ 2 ގެ ފުރަގަހުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކުން ހިދުމަތްދޭ ގަޑިއަށް ބަދަލުގެނެސްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލޫ ކްލިނިކުތައް ގާއިމްކޮށްފައި ވާއިރު، މާލޭ ހިޔާ 2 ގެ ފުރަގަހުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކުން ހިދުމަތްދޭ ގަޑިއަށް ބަދަލުތަކެއްގެނެސް، ހިދުމަތްދޭ ވަގުތު ވަނީ އިތުރުކޮށްފައެވެ.

އެގޮތުން، އެ ބަދަލާއި އެއްގޮތަށް އިއްޔެ ހިދުމަތް ދޭން ފަށާފައިވާއިރު، އައިޖީއެމްއެޗުން ބުނީ މި ފްލޫ ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 11:00 އާއި ހަމައަށް ލިބޭނެ ކަމަށެވެ.

މިކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އައިީއެމްއެޗުން ބުނެއެވެ.

އެހެންކަމުން ހުންއައިސް، ކެއްސާ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން އިލްތިމާސްކުރެއެވެ.