މާލޭގެ ގެއެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓި، އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ، ރޭ ދަންވަރު 2:39 އެހާކަށްހާއިރު ކަމަށެވެ.

އެ އިމާރަތުން ވެއްޓި މަރުުވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް ބުނެފައި ވެއެވެ.