ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދާދި ދެންމެކުރި ޓްވީޓެއްގައި ބުނެފައިވަނީ، އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުންގެންދަނިކޮށް މިއަދު މެންދުރު 12:12 ގައި މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއީ، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 20 ވަނަ މީހާއެވެ.

ކޮވިޑް-19 ބަލީގެ ޕޮޒިޓިވް ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ މިއަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުއެވެ. ވެރިރަށް މާލެ ސިޓީން ޕޮޒިޓިވް ކޭސްއެއް ފެނުނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެފަހުން އިއްޔެއާ ހަމައަށް ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 5،157 އަށް އަރާފައެވެ.