ގދ. ތިނަދޫ އައިސްޕްލާންޓް ސަރަޙައްދުގެ އެއްގަމު ތޮށިލުމުގެ މަޝްރޫއު ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ 31 ޖުލައި 2019 ގައެވެ.

މިމަޝްރޫއުގެ ދަށުން 9245 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1859.01 ކިއުބިކް މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 161 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި، 10 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި، ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 04 މާރޗް 2020 ގައެވެ.

މި މަޝްރޫއުގެ މަސައްކަތަށް ސަރުކާރުން ޙަރަދުކޮށްފައިވަނީ 21.04 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން ބުނެއެވެ.