ސަފާރީ ބޯޓްތަކުގެ ކްރޫއިންނާއި ޓޫރިސްޓުން އެއްވެސް ގޮތަކަށް މީހުން އުޅޭ ރައްރަށަށް ނުފޭބުމާއި، ރައްރަށުން މީހުން ބޯޓުތަކަށް ނޭރުވުމަށް ބޯޓިންގ އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ އެޗް.ޕީ.އޭގެ އެންގުމާއި އަދި ޓޫރިޒަމް އިންޑަސްޓްރީ ރިސްޓާރޓިން ޕާރމިޓާއި ހިލާފަށް ސަފާރީ ބޯޓްތަކުގެ ކްރޫއިންނާއި ޓޫރިސްޓުން ފުރިހަމައަށް އަމަލުނުކުރާކަމުގެ ޝަކުވާ އެ ޖަމިއްޔާއަށް ބައެއް ރަށްރަށުން ހުށަހަޅަމުންދާ ކަމަށެވެ،

ބޯޓިން އެސޯސިއޭޝަނުން ބުނީ ރާއްޖެ ޓޫރިޒަމައް އަލުން ހުޅުވާލެވިފައިވަނީ ވަރަށް ގިނަބައެއްގެ ބުރަމަސައްކަތުންކަމުގައިވާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން މުޅި އިންޑަސްޓްރީ ބަދުނާމުވެ ދަތިތަކާ ދިމާވެދާނެ ކަމަށެވެ.

އަދި ހަމަކޮންމެ ބޯޓަކާ ކްރޫއެއްގެ ފަހަތުގައި ފާރަވެރިއެއް ބެހެއްޓުމަކީ ނުވާނެކަމެއްކަން ފާހަގަކުރައްވައި މިފަދަ ކަންކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި އެކުވެރިކަމާއި ފަރުދީ ޒިންމާ އަކީ މުހިއްމު ކަމެއްކަމުގައި ބޯޓިން އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެހެންކަމުން އެއްވެސް ގޮތަކަށް މީހުން އުޅޭ ރަށްރަށަށް ނުފޭބުމާއި، ރަށްރަށުން މީހުން ބޯޓުތަކަށް ނޭރުވުމަށް ސަފާރީ ބޯޓުތަކުގައި މަސައްކަތްކުރާ ކްރޫއިންނަށާއި، ޓުއަރިސްޓުނަނަށް ބޯޓިންގ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ސަފާރީ ބޯޓުތަކަށް ފަތުރުވެރިންނާއި، ކްރޫއިން އެރުވުމުގެ ކުރިން ޕީސީއާރު ޓެސްޓު ހަދައެވެ. ބޯޓުތަކުން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރް ޓެސްޓް އެޗް.ޕީއޭ އިން އަންގާފައިވާ ޕްރޮޓޮކޯލްގެ ތެރެއިން ސަރަހައްދީ މަތުކަޒުުތައް މެދުވެރިކޮށްހެދުމުގެ މަގުވަނީ ފަހިކޮޒްދީފައި ކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ. ހަމައެހެންމެ، ހުޅުމާލޭ ޖެޓީ ސަރަހައްދުގައި ކުރިން އެންގުމާއިއެކު ސާންމްޕަލްނެގޭނޭ ހިދުމަތް ގާއިމު ކުރެވިފައިވަކަމަށްވެސް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ