ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހަށް ކަންކަން ރަނގަޅުކުރުމުގެ ޖާގަ ދިނުމުގެ ބަދަލުގައި ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހަށް ވެއްދީ ސިފައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ވާދަވެރި ޕާޓީތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނާއިރު، ސަރުކާރުން އެގެންދަނީ އެމްޑީޕީ މެޖޯރިޓީ މަޖިލީހަށް ޖާގަދެއްވާ ކަންކަން ފާހަގަކޮށް އިސްލާހު ކުރައްވަމުންކަން ރައްޔިތުންނަށް ސާފުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރައީސް ޔާމީން ސަރުކާރުގައި މަޖިލީހަށް ވެއްދީ އެމްއެންޑީއެފް ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ.

ރައީސް ރައީސް ނަޝީދު މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައި މިވަނީ ކޮވިޑް-19 އަކީ މި ސަރުކާރަށް ވައްކަން ކުރަން ލިބުނު "ރަންގަނޑެއް" ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާއު ދާދިފަހުން ވިދާޅުވެފައިވާ ވަގުތެއްގައެވެ. އަދި މީގެ އިތުރަށްވެސް އިދިކޮޅުން ބުނެފައި ވަނީ ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ބޮޑު ޚިޔާނާތް ފަޅާ އެރިތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އިރުވެސް މިކަމާ ގުޅިގެން އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދާދިފަހުން ވަނީ ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ސަރުކާރުން ވައްކަން ކުރާތަން ކަމަށާއި ވަގުން ހިފަން ނިކުންނަންޖެހޭ ހާލަތަށް ގައުމު މިއަދު ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.