ޖަލުގައި ތިބި ގައިދީންނަށް އެއް ހަމައަކުން އަމަލުކުރަންޖެހޭ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ބުނެފިއެވެ.

އެ ޕާޓިން މިހެން ބުނެފައި މިވަނީ ކުރި ޓްވީޓެއްގައެވެ.

ޑީއާރުޕީން ކުރި ޓްވީޓެއްގައި ވަނީ ޖަލުގައިތިބި ގައިދީންނަށް އެއް ހަމައަކުން އަމަލުކުރަންޖެހޭ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތުނުދެއްވާ ބެހެއްޓުމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ވަނީ ގެއްލިފައި ކަމަށެވެ.

ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަންކުރުމަށްވެސް ޑިއާރުޕީން ކުރި ޓްވީޓުގައިވެއެވެ. އަދި އެނޫންނަމަ އަންނަ ހޯމަ ދުވަހު ހޯމް މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އޭގެ ކުރިން މަޝްވަރާއަށް ތައްޔާރު."
ޑީއާރުޕީ

ޑީއާރުޕީން މިފަދަ ގޮތަކަށް ޓްވީޓުކޮށްފައި މިވަނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ލޯޔަރުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަނުޖެހި ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ހަމަޖައްސަވައިދެއްވުމަށް ހޯމް މިނިސްޓަރުގެ އަރިހުން އިދިކޮޅު ކޯލިޝަނުން އެދިފައިވާ ވަގުތެއްގައެވެ.

އެގޮތުން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ލޯޔަރުންނާއި އެމަނިކުފާނަށް ބައްދަލުނުވެ ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީއާއި އަދި އެންމެފަހުން ހައިކޯޓުގައި ބޭއްވުނު ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގައިވެސް، އެކަން ހަމަޖައްސަވައިދެއްވުމަށް ފަނޑިޔާރުންވެސް ވިދާޅުވެފައިވާއިރު، އެކަން ހަމަނުޖެހި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ހަމަޖައްސަވައިދެއްވުން އެދި ހޯމް މިނިސްޓަރުގެ އަރިހުގައި ކޯލިޝަންގެ ލީޑަރޝިޕުން އެދިފައިވާނޭ ކަމަށެވެ.

އެގޮތަށް އެދިވަޑައިގަތީ މިއަދު ހޯމް މިނިސްޓްރީގައި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއެކު، ހޯމް މިނިސްޓަރ ބޭއްވެވި ބައްދަލުވުމުގައި ކަމަށް ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެކަން ހަމަޖައްސަވައިދެއްވުމަށް ހޯމް މިނިސްޓަރާއި ބައްދަލުކުރައްވާ އެކަން އެމަނިކުފާނަށް ހުށަހަޅުއްވަން ޖެހިވަޑައިގަތީ، ހައިކޯޓުގެ ފަނޑިޔާރުން އެކަމަށް އަމުރުކުރެއްވި ފަހުންވެސް މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އަދި ރައީސް ޔާމީންގެ ލޯޔަރުން އެކަން ހަމަޖައްސަވައިދެއްވުމަށް ކަރެކްޝަންސްގައި އެތައް ފަހަރެއްގެމަތިން އެދެމުންދާއިރުވެސް، ކަރެކްޝަންސްއިން އެކަން ހަމަޖައްސަވައި ނުދެއްވައި ދިގު ދަންމަމުން ގެނދާތި ކަމަށްވެސް ބަޔާނުގައިވެއެވެ.