މިމަހު 10 ގައި މޯލްޑިވިއަނުން މެލޭޝިއާއަށް ކުރަން ހަމަޖެހިފައި އޮތް ދަތުރު މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މޯލްޑިވިއަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މިބަދަލު ގެނެސްފައިވަނީ ގިނަ އަދަދެއްގެ ދަރިވަރުންގެ އެދުމުގެ މަތިން ކަމަށެވެ.

މި ފްލައިޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 385 ޑޮލަރެވެ.

މެލޭޝިއާއަށްދާ މީހުންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭ މީހުން، ކަރަންޓީނުގެ ހަރަދު ކުރަންޖެހޭނީ އަމިއްލަ އަށެވެ.

މެލޭޝިއާގައި ދިވެހި ގިނަ ދަރިވަރުންތަކެެއް މަތީ ތައުލީމު ހާސިލް ކުރަމުންދާއިރު، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ރާއްޖެ އައިސްފައެވެ.

އެހެންނަމަވެސް މެލޭޝިއާގެ ސްކޫލު، ޔުނިވާސިޓީތަކުގެ ކިޔެވުން ފެށުމަށް އަންނަނީ ތައްޔާރުވަމުންންވެ. އެހެންކަމުން އެގައުމުގައި ތައުލީމު ހާސިލްކުރާ ދިވެހި ދަރިވަރުން އެގައުމަށް މިހާރު ވަނީ ދާން ފަށާފައެވެ.

މޯލްޑިވިއަނުން ވަނީ ކޮވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގައި ނާދެވިފައި ތިބި ގިނަ އަދަދެެއްގެ ދިވެހިން ރާއްޖެ ގެނެސްދީފައެވެ. އޭގެ ތެރެގައި، ލަންކާ، އިންޑިއާ އަދި މެލޭޝިއާވެސް ހިމެނެއެވެ.