ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 23 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ)އިން ބުނީ މިއަހަރުގެ މާޗް މަހުގެ 01 ވަނަ ދުވަހު އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން 23 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.