ބިދޭސީންގެ ރެގިއުލަރައިޒޭޝަން އެމްޕްލޮއިމްންޓް އެޕްރޫވަލް (އާރްއީއޭ) ދޫކުރާނީ ޑިޕޮޒިޓް ފައިސާ ދެއްކުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދައެއް ނެތި މަސައްކަތްކުރާ ބިދޭސީން ގަވައިދަށް ފެއްތުމުގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުން ރެގިއުލަރައިޒްވާ ބިދޭސީންނަށް ދެން އާރްއީއޭ ދޫކުރާނީ ބިދޭސީން ވަޒީފާ އަދާކުރުމާބޭހޭ ގަވާއިދު ބުނާ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރެގިއުލަރައިޒްކޮށް އާރުއީއޭ ދޫކޮށްފައިވާ ބިދޭސީންގެ އެމްޕްލޮއިމަންޓް އެޕްރޫވަލްގެ މުއްދަތު ވެސް އިތުރު ކޮށްދޭނީ ޑެޕޮސިޓް ފައިސާ ދައްކާ ނިންމުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިގޮތަށް އަމަލު ކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.