އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ދެޕާޓީގެ ފަރަގު ކުޑަވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބަޝިޕް ފޯމުތައް ޕްރޮސެސްކުރުމަށްފަހު، ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަދާހަމަކޮށްފައިވާ ތަފްސީލްތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައި ވާއިރު، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގައި މިވަގުތު ތިބީ 52،952 މެމްބަރުންނެވެ.

ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ، ޕީޕީއެމްގައި 37،144 މެމްބަރުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 53،748 މެމްބަރުންނެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 36،054 މެމްބަރުންނެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު:

  • ދިވެހި ރައްޔިތުންގެ ޕާޓީ: 2902
  • ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ: 52،952
  • އަދާލަތު ޕާޓީ: 6604
  • ޖުމްހޫރީ ޕާޓީ: 13،825
  • މޯލްޑިވްސް ރިފޯމް މޫވްމަންޓް: 3023
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 37،144
  • މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 8178
  • މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 2881
  • މޯލްޑިވްސް ތާޑްވޭ ޑިމަކްރެޓްސް: 3171
  • ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 4004

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކަށްބަލާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވާ ދެ ޕާޓީއެއް އެބައޮތެވެ.

ގާނޫނު ބުނާގޮތުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެހެންކަމުން މިއަދަދަށް މެމްބަރުން ހަމަވަނީ އެންމެ ތިން ސިޔާސީ ޕާޓީއެއްގައެވެ.